ސިޔާސީ , ޚަބަރު

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި

12 ޖޫން 2026 - 14:27
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފި
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 2:30 ގައި ފަށައިފިއެވެ. 

މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑު ކެންޕޭނެއް ކުރުމަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ މީކާއީލްގެ ކެންޕޭން ނިންމާލާފައެވެ. ރައީސް ނަޝީދުގެ ކެންޕޭންވެސް ވަނީ ރޭ ބޭއްވި ޕެރޭޑާއި އެކު ނިންމާލާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައްޔާޒްގެ އިސްތިއުފާއަށްފަހު، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީ ގޮތުން ޗެއާޕާސަނެއްގެ ޒިންމާ އުފުއްލެވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އައްޔަންކޮށްފައެވެ.

ކުރިން މި އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ގިނަ ބަހުސްތަކެއް ކުރެވުނެވެ. ގިނަ ހަމަނުޖެހުންތަކަކަށް ފަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމީ އިންތިހާބު ފަސްކުރުމަށެވެ. އެގޮތުން، ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުމަކަށް، ލޯކަލް ކައުންސިލް އިންތިހާބަށްފަހު އިންތިހާބު ބޭއްވުމަށް އިންތިހާބު ފަސް ކުރެވުނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0