ޚަބަރު , ދުނިޔެ

ސްރީލަންކަންގެ ފްލައިޓަކަށް ހޮނުއަޅައި އެމަޖެންސީގައި ޖައްސައިފި

12 ޖޫން 2026 - 11:00
ސްރީލަންކަންގެ ފްލައިޓަކަށް ހޮނުއަޅައި އެމަޖެންސީގައި ޖައްސައިފި
ފޮޓޯ: ނިއުސް ވަޔާރ

ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކަށް ހޮނުއެޅުމުގެ ސަބަބުން ކަޓުނަޔަކަ އެއާޕޯޓަށް އެމަޖެންސީގައި ޖައްސައިފިއެވެ.

ސްރީލަންކަން އެއާލައިންސްއިން ބުނި ގޮތުގައި، ޔޫއެލް 606 ފްލައިޓަށް ހޮނުއަޅާފައިވަނީ ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ހޮނުއެޅީ ބޯޓުގެ އެއް އިންޖީނަށް ކަމަށް އެ އެއާލައިންސްއިން މައުލޫމާތު ދެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޓު ވަނީ އަނބުރާ ކަޓުނަޔަކަ އެއާޕޯޓަށް ޑައިވާޓްކޮށް، ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ސްރީލަންކަންގެ ތަރުޖަމާނު ކަށަވަރުކޮށްދެއްވިއެވެ. އަދި ބޯޓަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެއާލައިންސްއިން ބުނެއެވެ.

ބޯޓުގައި ތިބި ފަސިންޖަރުން ފަހުން ވަނީ އެހެން ބޯޓެއްގައި ސިޑްނީއަށް ފޮނުވާލާފައެވެ. މި ހާދިސާގެ ސަބަބުން ދަތުރު ފެށުން ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ލަސްވެގެން ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0