ޚަބަރު

އިހުސާނާއި އޭޖީއަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ސަރުކާރުން ދޮގެއް ނުކުރި

9 ޖޫން 2026 - 19:47
އިހުސާނާއި އޭޖީއަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ސަރުކާރުން ދޮގެއް ނުކުރި

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމު ގުޅިގެން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިނގާފައިވާކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ކުރެއްވި ތުހުމަތުތައް ދޮގު ކުރުމަށް ސަރުކާރުން ދެކޮޅުހަދައިފިއެވެ.

އިހުސާނާއި އުޝާމުގެ އިތުރުން ރައީސް މުޢިއްޒަށްވެސް ޝަމްއާނުގެ ތުހުމަތުތައް އަމާޒުވިއިރު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ދޮގުކުރެއްވީ ހަމައެކަނި ރައީސް މުޢިއްޒަށް ކުރެވުނު ތުހުމަތުތައް އެކަންޏެވެ.

ނޫސްވެރިންގެ ހާޒިރުގައި ޝަމްއާނު ކުރެއްވި މި ތުހުމަތުތައް ދޮގު ކުރައްވަމުން ސޯޝަލްމީޑިއާގައި މުންދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް." މިފަދައިންނެވެ.

މުންދު މިފަދައިން ވިދާޅުވެ ޕޯސްޓުކުރެއްވިއިރު ޝަމްއާން މުއިއްޒަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެއްވިތާ ވާނީ ގަޑިއެއްހާއިރެވެ.

ސަރުކާރުން ރައީސްއަށް ކުރެވުނު ތުހުމަތުތަށް ދޮގުކުރިއިރު، ހޯމްލޭންޑް މިނިސްޓަރާއި އެޓާނީޖެނެރަލްއަށް ކުރެވުނު ތުހުމަތުތައް ދޮގުނުކުރީ ކީއްވެތޯ "ވިރާސީ" އިން ސުވާލުކުރުމުން މުންދު ވިދާޅުވީ އިހުސާނުއާއި އެ ވާހަކަ ނުދައްކަވާ ކަމަށާއި "ވިރާސީ" އިން އިހުސާނަށް ގުޅައިގެން ކޮމެންޓެއް ހޯދުމަށެވެ.

ސަރުކާރުން އިހުސާނާއި އުޝާމުގެ ދިފާޢުގައި ބަހެއް ނުބުނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބިފައިވާއިރު، މި ތުހުމަތުތަކާއި ބެހޭގޮތުން މި ދެބޭފުޅުންގެ ކޮމެންޓެއްވެސް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1