ޚަބަރު

ގަޒުފުގެ ދައުވާއަށް ފިޔާޒާއި ހަސަނުވެސް ކުރީ އިންކާރު

8 ޖޫން 2026 - 18:07
ގަޒުފުގެ ދައުވާއަށް ފިޔާޒާއި ހަސަނުވެސް ކުރީ އިންކާރު

ރައީސް މުޢިއްޒުގެ މައްްޗަށް ގަޒުފުކުރިކަމަށް ތުހުމަތުކޮށް ކުރެވޭ ދަޢުވާއަށް "އަދަދު" ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު އާއި އެ ނޫހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) ހުސައިން ފިޔާޒު މޫސާ އިންކާރު ކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ އިއްވާފައެވެ. ދައުވާ އިއްވުމުން، ހަސަން އާއި ފިޔާޒު ވެސް ވަނީ އެ ދައުވާއަށް އިންކާރުކުރައްވާފައެވެ.

އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓަރީއަކާއި ގުޅިގެން ޖެހުނު މި މައްސަލައިގެ ތަހުގީގު ފެށުނީ މި މައްސަލަ ބަލަން ރައީސް މުއިއްޒު އަމިއްލަފުޅަށް އެންގެވުމާ ގުޅިގެންނެވެ. މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތައް ހިމެނޭހެން 20 އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން ފިޔާޒާއި ހަސަންގެ އިތުރުން، ތުހުމަތުތަކުގައި ހިމެނޭ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ވެސް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ފުލުހަށް ހާޒިރުކޮށްފައިވެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅޭ ސުވާލުތައް ކުރި ނޫސްވެރިންނަށް ވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރި "އަދަދު" ނޫހުގެ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ކޯޓު އަމުރާ ގުޅޭ ހަބަރެއް ލިޔުނު "އަދަދު" ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލާފައިވެއެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0