ސަރުކާރުން އުނބަށްޖެހުން: ގޮތް ހުސްވެ މަހުގެ އަގު ބޮޑުކޮށްފި
ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ އުނބަށް ޖެހުމުގެ ޢާޢްމު އުސޫލުގެ ދަށުން މިފްކޯއިން މަސްގަންނަ އަގު ބޮޑުކޮށްފިއެވެ.
ރައްޔިތުންގެ ތާއީދު ހޯދުން ކޮންމެހެން މުހިއްމު ދުވަސްވަރުތަކާއި ޕާޓީގެ ލީޑާޝިޕުގައި ހިނގާ ކުދިކުދި އަރާރުންވުންތަކާއި ގުޅިގެން އާއްމުގޮތެއްގައި ހިނގާ އުނބަށްޖެހުމުގެ ސިލްސިލާ މިފަހަރު ތަކުރާރުވުމަށް ދިމާވި ހާލަތަކީ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަނުން ޕީއެންސީގެ ކެނޑިޑޭޓް ބަލިވުމެވެ.
އިންތިޚާބުން ބަލިވިތާ 24 ގަޑިއިރު ނުވަނީސް މިފްކޯއިން މަސްގަންނަ އަގު ބޮޑުކޮށްފައިވާކަން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ވަނީ ދައުލަތުގެ މީޑިއާގައި ކަށަވަރުކޮށްދެއްވާފައެވެ.
އަނަސް ވިދާޅުވީ މިއަދުން ފެށިގެން މިފްކޯއިން މަސް ކިލޯއެއް ގަންނާނީ 18.50 ރުފިޔާގެ ރޭޓުންނެވެ. މީގެ ކުރިން މިފްކޯއިން މަސް ގަންނަމުންދިޔައީ 17ރ އާއި 18ރ އާއި ދެމެދުއެވެ.






ރިއެކްޓް