ޚަބަރު

ފުލުހުންގެ ތަރުޖަމާން ކަމުން ޝިފާން ވަކިކޮށްފި

7 ޖޫން 2026 - 15:27
ފުލުހުންގެ ތަރުޖަމާން ކަމުން ޝިފާން ވަކިކޮށްފި

ދިވެހި ފުލުހުންގެ ތަރުޖަމާނު ކަމުގެ މަޤާމުން އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝިފާން ވަކިކޮށްފިއެވެ.

ޝިފާން އެ މަޤާމުން ވަކިކުރެއްވުމަށްފަހު، ފުލުހުންގެ އައު ތަރުޖަމާނެއްގެ ގޮތުގައި އާރިފް އައްޔަނުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް، 2026 ޖޫން 7 އިން ފެށިގެން އައްޔަންކުރައްވައިފައިވާ ކަމަށާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢާރިފް މި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން އެ މަގާމު ފުރުއްވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނުގެ ބަދަލުގައި ކަމަށެވެ. 

މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފް ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0