ޚަބަރު

ގައްދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

7 ޖޫން 2026 - 08:11
ގައްދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
ގައްދޫގައި މީގެ ކުރިން ހިނގި ކަނޑުމަތީ ހާދިސާއެއްގައ ނިޔާވި މީހެއްްގެ ހަށިގަނޑު ހެލްްތް ސެންޓަރަށް ގެންދަނީ --

ގައްދޫ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ.

ގައްދޫ ގައި ދުއްވާ މަސްދޯންޏަކުން އެރަށާއި ކައިރި ސަރަހައްދަކަށް އެންދަމަން ޑައިވިނަށް ފޭބި ޒުވާނާ ގެއްލިގެން ހޯދަމުން ދަނިކޮށް ޑައިވިނަށް ފޭބި ސަރަހައްދުގެ އަޑިން ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާރު އެ ޒުވާނާ ފުލުހުންގެ ލޯންޗެއްގައި ގައްދޫއަށް ގެނެސްފައިވާއިރު، ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދުގެ ފަތިހު 05:40 އެހައިކަންހާއިރުއެވެ. އަދިި ނިޔާވެފައި ވަނީ އޭޝިޔާ / ގދ.ގައްދޫ، އިސްޙާޤު ރަޝީދު (44އ) ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން ގައްދޫ ކައުންސިލުން ވަނީ ގައްދޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރެއްްވި މަސައްކަތްތަކުގެ ތަފްސީލް ހާމަކޮށްފައެވެ.

ކައުންސިލުން ބުނި ގޮތުގައި އިސްހާގު ގެއްލިފައިވަނީ ގދ.މާވެއްދޫ މައިފަރު ބޭރުަގއި (އަތޮޅުތެރެއަށްް ވާގޮތަށް) އެންދަމަން ޑައިވިން ކުރަން ފައިބައިގެން އުޅުމުގެ ތެރޭގައެވެ. އަދި އިސްހާގު ހޯދުމަށް ގައްދޫއިން 2 ޓީމެއް ފުރި ކަމަށާއި އޭގެ ތެރެއިން އިސްހާގު ފެނިފައިވަނީ ފުރަތަމަ ޑައިވިނަށް ފޭބި ޓީމުގެ ޑައިވަރުންނަށް ކަމަށާއި އިސްހާގު ފެނުނު އިރުވެސް ހަށިގަނޑުގައި ވިންދެއް ނެތް ކަމަށް އެ ޓީމުން ބުނެފައިވާކަމަށް ކައުންސިލުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0