ހައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރޭގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ. ސައުދީ އެއާލައިންގެ މަތިންދާ ބޯޓެއްގައި ރާއްޖެ އައި މި ގްރޫޕުގައި ޖުމްލަ 271 ހައްޖުވެރިން ހިމެނެއެވެ.
ހައްޖުވެރިން ރާއްޖެ ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ސައުދިއާ އެއާލައިން މެދުވެރިކޮށެވެ. މި ފަހަރުގެ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ފްލައިޓުން 240 އަށް ވުރެ ގިނަ ހައްޖާޖީން ރާއްޖެ އައިސްފައިވާއިރު، އާދީއްތަ ދުވަހު އައި ދެވަނަ ގްރޫޕުގައި 262 ހައްޖުވެރިން ހިމެނެއެވެ.
މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ސައުދި އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 1,019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވެއެވެ.
ހައްޖުވެރިންގެ ހަތަރު ވަނަ ގްރޫޕް މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ދިވެހި ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. ހައްޖުވެރިން ރާއްޖެ އަންނަމުންދާއިރު، އެ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވަމުންދާކަން ފާހަގަކުރެވެއެވެ.






ރިއެކްޓް