ޓުއަރިޒަމް މިނިސްޓްރީގެ މުސާރައިގެ ތިންބައިކުޅަ ދެބައި ސިޔާސީ މުވައްޒަފުންނަށް
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަނުގެ މުވައްޒަފުންގެ މުސާރައަށް ހޭދަކުރާ ފައިސާގެ %67 ހޭދަކުރަނީ ސިޔާސީ މުވައްޒަފުންނަށް ކަން ހާމަވެއްޖެއެވެ.
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން. ޓުއަރިޒްމް މިނިސްޓްރީން އަމިއްލަ އިސްނެގުމުގެ ދަށުން ހާމަކުރުން މަޖުބޫރުވާތީ އެ މިނިސްޓްރީން މުސާރަދޭ މުވައްޒަފުންގެ މަޢުލޫމާތު ވަނީ ހާމަކޮށްފައެވެ. އެމަޢުލޫމާތުތަކުގެ ތަފްސީލުތައް ދައްކާގޮތުން ޓުއަރިޒަމް މިނިސްޓްރީގައި ޖުމްލަ 117 މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 68 މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން،
- 5 ސްޓޭޓް މިނިސްޓަރުންނާއި
- 15 ޑެޕިއުޓީ މިނިސްޓަރުން،
- 24 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން،
- 22 ޕޮލިޓިކަލް ޑިރެކްޓަރުން އަދި
- 1 ޑެސްޓިނޭޝަން މެނޭޖްމަންޓް ޕޮލިސީ އެގްޒެކެޓިވް އެވެ.
ޓުއަރިޒަމް މިނިސްޓްރީ މި 68 ސިޔާސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މަހަކު 1.76 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. ނަމަވެސް އިދާރީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ޚަރަދުވަނީ 872،964ރ އެވެ. މިއީ ސިޔާސީ މުވައްޒަފުންނަށް ހޭދަކުރާ މިންވަރަށްވުރެ ގާތްގަނޑަކަށް %101 މަދު މިންވަރެކެވެ.






ރިއެކްޓް