ޚަބަރު

މިނިސްޓަރު އިހުސާނު ހިންގަވާ ކޮރަޕްޝަނުގެ އަމަލުތައް ޝަމްއާނުގެ ދުލުން

9 ޖޫން 2026 - 16:57
މިނިސްޓަރު އިހުސާނު ހިންގަވާ ކޮރަޕްޝަނުގެ އަމަލުތައް ޝަމްއާނުގެ ދުލުން

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާނު ބިދޭސީންގެ ކޯޓާ އެޕްރޫވް ކުރުމުގައި ރިޝްވަތު ނަންގަވާ ކަމާއި އިހުސާނުގެ ރިޝްވަތުގެ އަމަލުތައް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ކިޔާދެއްވައިފިއެވެ.

މިނިސްޓަރު އިހުސާނު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމު ގުޅިގެން ޝަމްޢާން ފްރޭމްކޮށް ޖަލަށް ލުމަށް ކުރި މަސައްކަތްތައް މީޑިއާތަކާއި ހިއްސާކުރައްވަމުން ޝަމްޢާން ވިދާޅުވީ އޭނާ ފްރޭމްކުރީވެސް މި ވާހަކަތައް ރައީސް މުޢިއްޒާއި ހިއްސާކުރުމުން ކަމަށެވެ.

ޝަމްޢާނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާގެ ހުކުމް އިއްވުމުގެ މަޖިލީހަށް ކޯޓަށް ވަދެވަޑައިގަތުމުގެ ކުރިން ކްރިމިނަލްކޯޓުގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ޝަމްޢާން ވަނީ ބިދޭސީންގެ ކޯޓާގެ ކަންކަމުގައި މިނިސްޓަރު އިހުސާނު ރިޝްވަތު ނަންގަވާކަމާއި ދިވެހިރާއްޖޭގެ މައި ދޮރާށި ބަލަހައްޓާ ސިސްޓަމް (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރ އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވިއްކާލި ގޮތުގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދެއްވާފައެވެ.

"އަޅުގަނޑު އިމިގްރޭޝަނާ ހަވާލުވެހުރި އިރު އަޅުގަނޑުގެ ބޮލުގަ ވަރަށް ގިނަ ބަދުނާމު އެޅެންފެށި. ވޯކްޕާމިޓް އެޕްރޫވް ކުރުވަނީއޭ. ކޯޓާ ވިއްކަނީއޭ... ދެން އަޅުގަނޑުމެން ބެލީ ކިހިނެތްތޯ މިކަންކަން މިހިނގަނީ. ހުރިހާ އެއްޗެއް ބެލި ބެލުމުން ސީދާ މިނިސްޓަރ އިހުސާނު ލައްވާ ހމަ ބަނގްލަދޭޝްގެ ވޯކްޕާމިޓް އެޕްރޫވްކޮށް، ކޯޓާއެއް 8000ރ އަށް އެޕްރޫވްކޮށް އެކަން ޔަގީންވީމަ އަޅުގަނޑު އެކަން ރައީސްއަށް އެވާހަކަ އެންގީ." މިނިސްޓަރު އިހުސާނު ރިޝްވަތު ހިފާކަން އަމިއްލައަށް ކަށަވަރުކުރި ގޮތް ކިޔައިދެމުން ޝަމްޢާން ވިދާޅުވިއެވެ.

ޝަމްއާން އިތުރަށް ވިދާޅުވި ގޮތުގައި އިހުސާނުގެ ވާހަކަތައް ރައީސްއާއި ހިއްސާކުރުމުން ރައީސްއަށް ގޯސްވީ ޝަމްއާން ކަމަށެވެ. މިގޮތުން ރައީސް ޝަމްއާނަށް ކުރެއްވި މެސެޖު މީޑިއާތަކާއި ޝަމްއާން ހިއްސާކުރެއްވިއެވެ.

ރައީސް ޝަމްއާނަށް ފޮނުވި މެސެޖު: "މިނިސްޓަރ އިހްސާން އާއި ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން."

މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމާއި ގުޅިގެން ހިންގަމުންދިޔަ ޖަރީމާތައް ރައީސްއަށް އެންގުމަކީ ޝަމްއާން ފްރޭމްކޮށް ޖަލަށްލެވުނު ސަބަބު ކަމަށާއި މިކަމުގައި އިހުސާނުގެ ބައިވެރިވުން އޮތްކަމުގެ ހެކި އެބަހުރި ކަމަށް ޝަމްއާން ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1