ޚަބަރު

އަމިއްލަ އިސްނެގުމުގައި ފިޝަރީޒް މިނިސްޓްރީން ހާމަކުރީ ދޮގު މަޢުލޫމާތު

10 ޖޫން 2026 - 14:15
އަމިއްލަ އިސްނެގުމުގައި ފިޝަރީޒް މިނިސްޓްރީން ހާމަކުރީ ދޮގު މަޢުލޫމާތު

މަޢުލޫމާތު ހޯދާލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހާމަކުރި މުވައްޒަފުންގެ މަޢުލޫމާތުގައި ދޮގުހަދައި އޮޅުވާލާފައިވާކަން ހާމަވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން އެ މިނިސްޓްރީން އުޖޫރަދޭ މުވައްޒަފުން ކަމަށް ބުނެ ހާމަކުރި ލިސްޓުގައި ބުނެފައިވަނީ އެ މިނިސްޓްރީގައި މަސައްކަތްކުރަނީ ޖުމްލަ 5 ސިޔާސީ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މިނިސްޓަރ ޝިޔާމާއި 1 ސްޓޭޓް މިނިސްޓަރާއި 1 ޑެޕިއުޓީ މިނިސްޓަރާއި 1 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރާއި 1 ޕޮލިޓިކަލް ޑިރެކްޓަރެވެ.

މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގެ ސްކްރީންޝޮޓެއް ---
މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގެ ސްކްރީންޝޮޓެއް ---

ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިސަރު ވިދާޅުވީ ލިސްޓުގައި އެ ހުރި އަދަދުތަކަށްވުރެ މާގިނަ އަދަދަކަށް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުން ތިއްބަވާ ކަމަށެވެ.

މުވައްޒަފުންގެ ލިސްޓުގައި އެހެން ހުރި ކަމުގައި ވިޔަސް މިނިސްޓްރީގެ ވެބްސައިޓުގައި ސްޓޭޓް މިނިސްޓްރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ފޮޓޯއާއެކު ވަނީ ޝާއިއުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ސްޓޭޓް މިނިސްޓަރުންނާއި 11 ޑެޕިއުޓީ މިނިސްޓަރުންނެވެ.

އެހެންކަމުން ފިޝަރީޒް މިނިސްޓްރީން މުސާރަދޭ މުވައްޒަފުންގެ އަދަދުގެ ގޮތުގައި އެ މިނިސްޓްރީން ހާމަކޮށްފައިވަނީ ދޮގު މަޢުލޫމާތުކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0