ކޮންޓްރޯލް ކޮމިޝަނުން ކްރިމިނަލްކޯޓުގެ ގެގް އޯޑަރާއި ޚިލާފުވެއްޖެ
ކްރިމިނަލް ކޯޓުން ނެރުނު "އަނގަ ބަންދު" އަމުރާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން "ކޮންޓްރޯލް ކޮމިޝަން" އިން ޚިލާފު ވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ރާއްޖޭގެ އެއްވެސް ބަޔަކަށް ނުދެއްކޭނެ ކަމަށް ބުނެފައިވާ ވާހަކަތަކެއް ލިޔެ ކޮންޓްރޯލް ކޮމިޝަނުން ވަނީ "ވިރާސީ" އަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ކޮންޓްރޯލް ކޮމިޝަނުން ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ "އަނގަ ބަންދު އަމުރު" ގެ ކުރިން "ވިރާސީ" އިން ލިޔެފައިވާ އާޓިކަލްއެއްގެ މައްސަލަ އެ ކޮމިޝަނުން ބަލަންފަށާފައިވާ ވާހަކައެވެ.
މިމައްސަލައާއި ބެހޭ ގޮތުން ރާއްޖޭގެ ފުންނާބު އުސް ޤާނޫނީ ވަކީލަކު "ވިރާސީ" އާއި ވާހަކަދައްކަވަމުން ވިދާޅުވީ "އަނގަބަންދު އަމުރުން" ދެއްކުން މަނާކޮށްފައިވާ ވާހަކަތަކެއް ހިމެނޭ މައްސަލައެއް ކޮންޓްރޯލް ކޮމިޝަނަށްވެސް މި ދުވަސްވަރުގައި ނުބެލޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތު 18 ޖޫން 2026 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވިރާސީ ނޫހަށް ކޮމިޝަނުން ވަނީ ދީފައެވެ
މި ސިޓީ "ވިރާސީ" އަށް ލިބުމާއި ގުޅިގެން "ވިރާސީ" ގެ ޤާނޫނީ ވަކީލުންގެ ޓީމާއި މި ސިޓީ ވާނީ ހިއްސާކޮށްފައެވެ.







ރިއެކްޓް