ޚަބަރު

ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކަށް ފަރުވާދެނީ

1 ޖޫން 2026 - 08:25
ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކަށް ފަރުވާދެނީ

ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ، އޭގައި ތިބި ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. 

މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 'ޓުއަ ގާޑް' ނަމަކަށް ކިޔާ ލޯންޗެއްގައެވެ. މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް އެކިވަރުގެ ބޮޑެތި ހާނިކަތައް ލިބިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

"މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން،" އެމްއެންޑީއެފުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާ ހިނގި ސަރަހައްދުގެ ތަފްސީލެއް އަދި ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އަނިޔާވި ދެ މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއްވެސް އަދި ސާފެއް ނުވެއެވެ.

އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ލޯންޗުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0