ގެމަނަފުށީގައި ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީފި
ގއ. ގެމަނަފުށީގައި ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީފިއެވެ.
މިރޭގެ ވަގުތެއްގައި ހިނގި މިހާދިސާގައި ބިދޭސީ މީހާއަށް ސީރިއަށް ޒަހަމްތަކެއްވެ އެމީހާއަށް އެރަށުގެ ސިއްހީމަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ގެމަނަފުށީގެ ދޯންޏަކުން މަހަށް ގޮސް އުޅޭ ދެ ބިދޭސީއެއްގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އެތަނުން އެކަކު ވަނީ އަނެއް ބިދޭސީ މީހާގެ ކަރަށް 5 ވަރަކަށް ފަހަރަށް ވަޅިން ހަމަލާދީފައެވެ.
ޒަހަމުވީ މީހާގެ ހާލަތު އަދި ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް ހަމަލާދިން ބިދޭސީ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އިތުރު ތަފްސީލް އަންނަނީ--






ރިއެކްޓް