ވިލިމާލޭގައި މިރޭ ހަވާއަރުވަނީ
މިހާރު ފާހަގަކުރަމުންދާ އަޟުހާ އީދުގެ މުނާސަބަތުގައި، ވިލިމާލެއާ ދިމާ ބޭރުން މިރޭ ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްދާނީ މިރޭ 21:15 އާއި 21:45 އާ ދެމެދުގެ ވަގުތެއްގައެވެ. މި ހަރަކާތް ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއަހަރުގެ އަޟުހާ އީދާއި ގުޅުވައިގެން މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ އާޓިފިޝަލް ބީޗުގައިވެސް ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މިރޭ ވިލިމާލެ ސަރަހައްދުގައި ބާއްވާ ހަވާއެރުވުމަކީ، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، އީދު ޗުއްޓީއަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ހާއްސަ ކަމަކަށް ވަނެކަމަށް ބެލެވެއެވެ.






ރިއެކްޓް