މިއަހަރުގެ މަށިމާލި ޕެރޭޑު އާޒިމާއަކަށް ހަޖަމެއް ނުވި!
އާދަކާދައިގެ މަތިން މިފަހަރު ބޮޑު އީދުގައި ކުރިއަށް ގެންދިޔަ މަށިމާލި ޕެރޭޑް، ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ވަކީލު އާޒިމާ ޝުކޫރަށް ހަޖަމުކުރެވޭ ގޮތެއްް ނުވިއެވެ.
ރާއްޖޭގައި އެދުވަސްވަރަކު ހިނގާ މުހިއްމު އަދި މަޝްހޫރު އެތައް ކަމަކާއި ގުޅޭ މާލިތައް ދައްކާލާ މަށި މާލި ޕެރޭޑުގެ މިއަހަރުގެ ޕެރޭޑާއި ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ "މުޅި ރާއްޖެއިން ފެންނަމުންދާ އީދުގެ އިޖުތިމާއީ އުފާވެރިކަމާއި އާއިލީ ރޫހު، މި ޕެރޭޑުގެ ސަބަބުން ހަރާބުކޮށްލައިފި ކަމަށެވެ."
އާޒިމާ މިފަދައިން މި ވިދާޅުވީ އެ ޕެރޭޑުގައި ހިމެނޭ ވަކި ކަހަލަ މާލި ތަކެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. އެހެނީ މީގެ ކުރީގެ އަހަރުތަކުގެ މަށިމާލި ޕެރޭޑުތަކުގެ ވީޑިއޯ އަދި ފޮޓޯތަކަށް އާޒިމާ ވަނީ ސޯޝަލްމީޑިއާގައި "ލައިކް ރިއެކްޓާއި ހާރޓް ރިއެކްޓް" ކުރައްވާފައެވެ.
މިފަހަރުގެ މަށި މާލި ޕެރޭޑުގައިވެސް ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ހޫނުކޮށް ވާހަކަދެކެވޭ މައުޟޫއުތަކާއި ގުޅޭ މާލިތަކާއި އިޖްތިމާޢީ މައްސަލަތަކާއި ގުޅޭ މާލިތައް ދައްކާލާފައެވެ.
މަށިމާލި ޕެރޭޑާއި މެދު އާޒިމާ ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމުގައި ވިޔަސް ސަރުކާރުގެ ތަރުޖަމާނު ވަނީ އޭނާއާއި ގުޅޭ މާލިތައް އެ ޕެރޭޑުން ފެނުމުން ފަޚުރުވެރިވާކަމަށް ބުނެ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.
ރިއެކްޓް
ރަނގަޅު
4
ސަކަރާތް
3
ލޯބި
1
މަޖާ
1





