ޕޮލިސް ކާރެއް ކޮންޓްރޯލުން ނެއްޓި މަގުބައްތިއަކަށް އަރައިފި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކާރެއް ކޮންޓްރޯލުން ނެއްޓި މަގު ބައްތިއަކަށް އަރައި ކާރަށާއި މަގުބައްތިއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނ. ކެނދިކުޅުދޫގައި ހިނގި މި އެކްްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވީކަމުގެ މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ ނ.ކެނދިކުޅުދޫގައި ފުލުހުންގެ ވެހިކަލެއް އެކްސިޑެންޓްވެފައިވާކަމަށް 2026 މެއި 26ވަނަ ދުވަހުގެ 23:15 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.






ރިއެކްޓް