ޚަބަރު

ތޮއްޑުއަށް ދަތުރުކުރި ލޯންޗެއް ދިޔަވަނިކޮށް އެހީތެރިކަން ފޯރުކޮށްދީ 25 މީހުން ސަލާމަތްކޮށްފި

25 މޭ 2026 - 20:04
ތޮއްޑުއަށް ދަތުރުކުރި ލޯންޗެއް ދިޔަވަނިކޮށް އެހީތެރިކަން ފޯރުކޮށްދީ 25 މީހުން ސަލާމަތްކޮށްފި

މާލެއިން ފުރައިގެން އއ. ތޮއްޑޫއަށް ދަތުރުކުރި "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ، އަޑިއަށް ދިއުމުގެ ކުރިން އޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

މެރިން ޕޮލިހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު ހަވީރު 5:30 ހާއިރު މި ލޯންޗު ދިޔަވާން ފެށުމުން، އޭގައި ތިބި 25 މީހުން ވަނީ ރައްކާތެރިކަމާއެކު އެއްގަމަށް ގެނެސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ނަސޭހަތްތެރިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0