ފިޔާޒުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ޖޫން 8 އަށް ތާވަލުކޮށްފި
އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒް މޫސާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދާ މި ޝަރީއަތުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރު 13:00 ގައެވެ.
ފިޔާޒްގެ އިތުރުން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށްވެސް މި ދައުވާ އުފުލާފައިވެއެވެ. މި ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ނިންމީ އަދަދު ނޫހުން ޑޮކިއުމެންޓަރީއެއް ތައްޔާރުކޮށް ޝާއިއުކުރި މައްސަލައިގައެވެ.
މި ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތައް ހިމެނޭހެން ޖުމްލަ 20 އިލެކްޓްރޯނިކް ޑިވައިސްއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މައްސަލައިގެ ތަހުގީގަށް ފިޔާޒް އާއި ހަސަން ފުލުސް އޮފީހަށް ހާޒިރުކޮށް، އެ ދެ ބޭފުޅުން ރާއްޖެއިން ބޭރަށް ފުރުންވެސް ވަނީ މަނާކޮށްފައެވެ.






ރިއެކްޓް