ސިޔާސީ , ޚަބަރު

މުއިއްޒު ވެރިކަން ކުރައްވަނީ މުޅި ގައުމުގެ މަޝްވަރާ ހޯއްދަވައިގެން: ފަލާހު

25 މޭ 2026 - 13:56
 2
މުއިއްޒު ވެރިކަން ކުރައްވަނީ މުޅި ގައުމުގެ މަޝްވަރާ ހޯއްދަވައިގެން: ފަލާހު
ފަލާހް، ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގެ މިފަހުގެ ތާރީޚެއްގައި މުޅި ޤައުމުގެ ރައްޔިތުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިގެން ވެރިކަން ކުރައްވާ ހަމައެކަނި ރައީސް ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ފަލާހު މިހެން ވިދާޅުވީ ޕީއެންސީގެ ސެނެޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ފެތުރި ޚަބަރަކަށް ރައްދު ދެއްވަމުންނެވެ.

ޕީއެންސީގެ ސެނެޓުގެ އެންމެ ފަހު ބައްދަލުވުމުގައި ކޮންގްރެސް ބޭއްވުމުގެ ހުރިހާ ބާރެއް ލީޑަޝިޕަށް ދިނުމަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުމެއް ބޭރުކޮށްލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ޕީއެންސީގެ ސެނެޓުގައި ނުވަތަ ލީޑަޝިޕްގައި ވެސް ނުހިނގާނެއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު އަބަދުވެސް އިސްކުރައްވަނީ ޕާޓީގެ އަސާސީ ޤަވާއިދާއި ހެދިފައިވާ އުސޫލުތަކުގެ އިތުރުން މަޝްވަރާގެ ރިވެތި ސިފަ ކަމަށެވެ. "އެއަށްވުރެ ރައީސް މުޢިއްޒު ދެކެ އަޅުގަނޑުމެން އެންމެން މާލޯބިވޭ، އެމަނިކުފާނަށް އަޅުގަނޑުމެން އެންމެންމާއިތުބާރުކުރަން،" ފަލާހު ވިދާޅުވިއެވެ.

ނިމިގެންދިޔަ ސެނެޓް ބައްދަލުވުމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، ރައީސް މުޢިއްޒު ވަކިކަމެއް ވަކި ގޮތަކަށް ކުރައްވާކަށް ހުށަނާޅުއްވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅި ބައްދަލުވުމުގައި ވެސް ހުރިހާ ކަމެއް ހުށަހެޅުއްވީ ސެނެޓް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ނިންމެވުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ޕީއެންސީގެ ކޮންގްރެސްގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް އާންމު މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލީ ރައީސްގެ ހުށަހެޅުއްވުމެއް ބޭރުކޮށްލުމަށްފަހު ކަމަށް ބައެއް ނޫސްތަކުގައި ޝާއިޢުކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަލާހު ވަނީ އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން ތަކުރާރުކޮށް ކަށަވަރުކޮށްދެއްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0