ޚަބަރު , ދީން

މާލެ ސިޓީގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަދި 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ

24 މޭ 2026 - 16:31
މާލެ ސިޓީގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އަދި 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ

މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ބުދަ ދުވަހު ފާހަގަކުރާ އަޟްހާ އީދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ފޭސް 1ގެ ސިންތެޓިކް ޓެރެކްގައެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 2ގެ މަސްޖިދު ހަސަން އާދަމް އާ ނިރޮޅުމަގާ ހީނާމާހިނގުމާ ފޭރުގަސްމަގާ ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައި ވެސް ބޮޑު ޖަމާއަތް އޮންނާނެއެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގެ އީދު ނަމާދު މާލެ ސަރަހައްދުގައި ކެންސަލް ކުރަން ޖެހިއްޖެ ނަމަ، ހުކުރުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާ ގޮތަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. ކޮންމެ އަހަރަކު ވެސް ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ޖާގަ މިނިސްޓްރީން ހަމަޖައްސައެވެ.

ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި މިހާރު ވަނީ ކުރިއަށްވުރެ އަވަސްކޮށްފައެވެ. ކުރިން ހެނދުނު 7:30 ގައި ފަށަމުން އައި އީދު ނަމާދު މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަށާނީ ހެނދުނު 7:00 ގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0