ޚަބަރު

ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

22 މޭ 2026 - 09:58
ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ހުޅުމާލެ ސްޓެލްކޯ އިންޖީނުގެއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ފަހުން ގެއްލިގެން ހޯދަމުންދިޔަ ދިވެހި ފިރިހެނާ، ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ފެނިފައިވަނީ ހުޅުމާލެ ފަޅުތެރެއިން މިއަދު ހެދުނު 8:25 ހާއިރުއެވެ. އޭނާއަކީ ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިއެކެވެ. ގެއްލުނު މީހާ ހޯދުމުގެ އޮޕަރޭޝަންގައި އެމްއެންޑީއެފާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން އެއަރޕޯޓްގެ ރެސްކިޔު ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

މެރިން ޕޮލިސް އިން މިއަދު ހެނދުނު ބުނި ގޮތުގައި، އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މޫދު އަޑިންނެވެ. "ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ވަނީ ހުޅުމާލެ ފަޅުތެރެއިން އަޑިން ފެނިފައި،"މެރިން ޕޮލިސް އިން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ އިރުއޮއްސި 18:30 ހާއިރުއެވެ. ފުލުހުން ކުރިން ބުނެފައިވަނީ އޭނާ މޫދަށް ފޭބީ ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރޭގައި އޮތް އުޅަނދެއްގެ ވަލެއް އެއްސުމަށް ކަމަށެވެ. އެމީހާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން ވަނީ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0