ލޯބީގެ ބަދަލުހިފުމަށް ކޯޓުތައް ބޭނުންކުރެވިގެން ނުވާނެ: ވައްޑެ
ލޯބީގެ ބަދަލުހިފުންތަކަށް ރާއްޖޭގެ ޝަރުޢީ ކޯޓުތައް ބޭނުންކުރެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބައްވަމުންދާ އެމްޑީޕީގެ ބޮޑުބަދަލު ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑެ މިފަދައިން ވިދާޅުވީ ރައީސް މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
ވައްޑެ މިފަދައިން މި ވިދާޅުވީ ރައީސް މުޢިއްޒާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަށް އިޝާރާތްކޮށް ކަމަށް ބެލެވެއެވެ.
ވައްޑެގެ ވާހަކަފުޅުގައި ރައީސް މުޢިއްޒުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ރައީސް މުޢިއްޒު ވެފައިވާ ވަޢުދުތައް ހަނދާން ނައްތާލުމާއި ވަޢުދުތަކަށް ބަދަލު ގެނައުމާއި ރައްޔިތުންގެ އަސާސީ ހައްްގުތަކަށް ސަރުކާރުން އަރައިގަންނަމުންދާ ގޮތްތައް ވައްޑެގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.






ރިއެކްޓް