ޚަބަރު

މަރު ގާތްވުމުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭ އިސްލާހު ތަސްދީގުކޮށްފި

21 މޭ 2026 - 20:51
 2
މަރު ގާތްވުމުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭ އިސްލާހު ތަސްދީގުކޮށްފި

ޓާމިނަލް އިލްނެސްއެއްގެ ސަބަބުން ދިރިހުންނާނެކަމުގެ އުއްމީދު ކެނޑިފައިވާ ފަރާތްތަކަށް ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ނެގޭ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.

2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރެއްވި މިގާނޫނުގައި ޓަރމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެކަމާއި އަދި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ރިޓަޔަރމެންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން އެފަރާތަކުން ކަނޑައަޅާ އަދަދެއް ނުވަތަ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެކީގައި ނެގިދާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން މި ފައިސާ އެކި ފަހަރު މަތީން ނުވަތަ އެއްފަހަރާ ދޫކުރެވޭ ގޮތަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި "ޓާމިނަލް އިލްނަސް" މާނަކޮށްފައިވަނީ އެކަށީގެންވާ ސިއްޙީ ފަރުވާ ފޯރުކޮށްދިން ކަމުގައިވިޔަސް 12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރުކަމެއް ކަމަށް ޑޮކްޓަރުން ކަނޑައަޅާ ހާލަތެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 0
މަޖާ މަޖާ 0