ޚަބަރު

ވަލެއް އެއްސުމަށް މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

21 މޭ 2026 - 20:05
ވަލެއް އެއްސުމަށް މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

ވަލެއް އެއްސުމަށް ހުޅުމާލޭ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޢުލުމާތު ދިން ގޮތުގައި މިއަދުގެ 18:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިފައިވާ މައުލޫމާތު ލިބުމާ ގުޅިގެން، އެމީހާ ހޯދުމުގެ މަސަކަތް މެރިން ޕޮލިސް އާއި ކޯސްޓް ގާރޑް ގުޅިގެން ކުރަމުންދާ ކަމަށެވެ.

މިހާދިސާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0