ޚަބަރު

އީރާނަށް އިތުރަށް ހަމަލާދީފިނަމަ މުޅި ގަލްފަށް ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު ދީފި

20 މޭ 2026 - 18:15
އީރާނަށް އިތުރަށް ހަމަލާދީފިނަމަ މުޅި ގަލްފަށް ހަނގުރާމަ ފުޅާވާނެ ކަމުގެ އިންޒާރު ދީފި

އީރާނަށް އިތުރަށް ހަމަލާދީފިނަމަ މުޅި ގަލްފު ސަރަހައްދަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ ރެވެލިއުޝަނަރީ ގާޑުން ދީފިއެވެ.

އީރާނުން މިފަދަ އިންޒާރެއް ދީފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަމަލާދީފާނެ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

މި ހަނގުރާމަ އިތުރަށް ކުރިއަށް ގޮސް ފުޅާވެއްޖެ ނަމަ، މުޅި ދުނިޔޭގެ އިގުތިސާދު ބިންދައިގެން ގޮސްދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

މިހާރުވެސް ގަލްފުގެ ގައުމުތަކަށް އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

މި ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ތެޔޮ ބިލު މިހާރު ވަނީ 116 މިލިއަން ޑޮލަރަށް ބޮޑުވެފައެވެ. މީގެ އިތުރުން، މި ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0