މިއަހަރު ހައްޖުވެރިންގެ އިސްވެރިއަކަށް އިގުތިސާދީ ވަޒީރު ސައީދު އައްޔަނުކުރައްވައިފި
ރާއްޖޭގެ ފަރާތުން މި އަހަރު ހައްޖަށްދާ ހައްޖުވެރިންގެ އިސް ވެރިއަކަށް (އަމީރުލް ހައްޖު) އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރައްވައިފި އެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގެ ހައްޖުވެރިންގެ އަމީރުލް ހައްޖުގެ ގޮތުގައި ބޭފުޅަކު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރައީސް މުއިއްޒު މިއަހަރުގެ ހައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ މިނިސްޓަރު ސައީދު އެވެ.
Loading tweet content... View original tweet
މިއަހަރު ރާއްޖެއަށް ލިބުނު 1،000 ހައްޖު ކޯޓާގެ ދަށުން ހައްޖަށްދާ ހުރިހާ ހައްޖާޖީން މިހާރު ވަނީ ރާއްޖެއިން ފުރާފަ އެވެ. މީގެ ތެރެއިން 500 ހައްޖުވެރިން ދަތުރުކުރީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގަ އެވެ. ބާކީ ތިބި 500 ހައްޖުވެރިން ދަތުރުކުރީ ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގަ އެވެ.
އަމީރުލް ހައްޖުގެ މައިގަނޑު މަސްއޫލިއްޔަތަކީ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ދިވެހި ހައްޖުވެރިންގެ ކަންކަން ގާތުން ބަލައި، އެ ހައްޖާޖީންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ދިނުމުގައި އިސްކޮށް ހަރަކާތްތެރިވުމެވެ.






ރިއެކްޓް