ޚަބަރު , ދުނިޔެ

އެމެރިކާގެ ސަންޑިއޭގޯގެ މިސްކިތަކަށް ބަޑީގެ ހަމަލާއެއްދީ ތިން މީހަކު މަރާލައިފި

19 މޭ 2026 - 10:13
އެމެރިކާގެ ސަންޑިއޭގޯގެ މިސްކިތަކަށް ބަޑީގެ ހަމަލާއެއްދީ ތިން މީހަކު މަރާލައިފި

އެމެރިކާގެ ސަންޑިއޭގޯގައި ހުރި މިސްކިތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ތިން މީހަކު މަރުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ އެ މިސްކިތުގައި މުސްލިމުން އަޅުކަން ކުރަން ތިބި ވަގުތެއްގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާ ދިނުމުގައި ބައިވެރިވި ދެ މީހުންވެސް މިހާރު ވަނީ މަރުވެފައެވެ. މި ހަމަލާ ދީފައިވަނީ އުމުރުން 17 އަހަރާއި 18 އަހަރުގެ ދެ ފިރިހެނުން ކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހަމަލާއަކީ މުސްލިމުންނާ ދެކޮޅު ފިކުރުގެ ބަޔަކު ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ބޮޑަށް ބެލެވެއެވެ. ހަމަލާ ދިން ދެ މީހުން މަރުވެފައި އޮއްވާ ފެނުނު ކާރުގެ ތެރެއިން މުސްލިމުންނާ ދެކޮޅު ޝުއޫރުތައް ފާޅުކޮށްފައިވާ ލިޔުންތަކެއް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ސަންޑިއޭގޯގެ ސަލާމަތީ ބާރުތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިއީ ނަފުރަތުގެ އަމަލެއްގެ ގޮތުގައި ބަލައި، މިކަމުގެ ފަހަތުގައި އިތުރު ބަޔަކު ވޭތޯ ބެލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0