ޚަބަރު

ވަތަނީ ހިދުމަތުގެ ދަސްވެނިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވަނީ

18 މޭ 2026 - 18:48
ވަތަނީ ހިދުމަތުގެ ދަސްވެނިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދިޔަވަނީ

ވަތަނީ ހިދުމަތުގެ ތަމްރީނު ނިންމައި ދަސްވެނިވި ފަރާތްތަކެއް ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސް، ދިޔަވާން ފެށުމާ ގުޅިގެން މެރިން ޕޮލިސް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މާފިލާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗަކަށެވެ. އެނގިފައިވާ ގޮތުގައި މި ލޯންޗަކީ ވަތަނީ ހިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ދަސްވެނިން ގޮވައިގެން ދަތުރުކުރަމުންދިޔަ އުޅަނދެކެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުންގެ މެރިން ޕޮލިސްގެ ޓީމެއް އެ ސަރަހައްދަށް ގޮސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ލޯންޗު ފަޅައިގެން ދިޔަ ސަބަބާއި، އޭގައި ތިބި މީހުންގެ ރައްކާތެރިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުކުރަމުންދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0