ޚަބަރު , ވިޔަފާރި

މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށައިފި

18 މޭ 2026 - 16:08
މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ މަގުން ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މެލްބަންއަށް ކުރާ މި ދަތުރުތަކުގައި ބޭނުންކުރާނީ އޭ330 (A330)މަރުކާގެ ބޯޓެވެ. މި ދަތުރުތައް ހަފްތާއަކު އެއް ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން އޮސްޓްރޭލިއާއިން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން އެހެން ގައުމުތަކުގައި ޓްރާންސިޓް ކުރަން ޖެހުނު ނަމަވެސް، މި ފެށި ދަތުރުތަކަކީ ސީދާ (ޑައިރެކްޓް) ފްލައިޓްތަކެކެވެ.

މި އާ ހިދުމަތާ ގުޅޭގޮތުން މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "މިއީ ގައުމީ އެއަރލައިނަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި މިއީ ކާމިޔާބީގެ އާ މައިލްސްޓޯނެއް" ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން މޯލްޑިވިއަންގެ ވިއުގަ އިތުރަށް ފުޅާވެގެންދާނެއެވެ.

މި ދަތުރުތައް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ. އޮސްޓްރޭލިއާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށާއި، ދަތުރުފަތުރުގެ ފަސޭހަކަން ލިބިގެންދާނެތީ މިއީ އިގްތިސާދީ ގޮތުންވެސް ފައިދާކުރާނެ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0