ޚަބަރު

އަމިއްލަ ކުންފުނިތަކުން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

15 ޖޫން 2026 - 13:29
އަމިއްލަ ކުންފުނިތަކުން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މި ބަދަލާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދުގެ މާކެޓް އަގުތަކަށް ބަލާއިރު، އެންސިސް ފިޝަރީޒް، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް، ބިގް ފިޝް އަދި އޯޝަން ހަންޓާސް އިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުންދަނީ 21 ރުފިޔާގެ ރޭޓުންނެވެ. މި ހުރިހާ ކުންފުނިތަކުންވެސް އެ ކުންފުނިތަކުގެ މައި ޕްލާންޓްތަކުގައި މި އަގުގައި މަސް ގަންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބައެއް ކުންފުނިތަކުން ދަނީ އުޅަނދުތައް ފޮނުވައިގެން މަސް ގަންނަމުންނެވެ. އެގޮތުން ބިގް ފިޝްގެ 80 ޓަނުގެ ކެޕޭސިޓީގެ "ކުރިމަގު" އޮޑި މިހާރު ގއ. ނިލަންދޫގައި އޮތްއިރު، 63 ޓަނުގެ ކެޕޭސިޓީގެ "ޝިފާ" އޮޑި އޮތީ ގދ. ކަނޑުހަލަގަލާގައެވެ. މި އުޅަނދުތަކުންވެސް މަސް ގަންނަނީ ކިލޯއެއް 21 ރުފިޔާއަށެވެ.

މީގެ އިތުރުން، މާންދޫ ފިޝަރީޒްގެ ކެރިއަރު މިވަގުތު އޮތީ ގއ. ދާންދޫ ސަރަހައްދުގައެވެ. ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމަށްފަހު މަސްވެރި އޮޑިފަހަރަށް ވަގުތުން ވަގުތަށް ފައިސާ ދެމުންދާކަންވެސް އެ ކުންފުނިތަކުން ފާހަގަކުރެއެވެ.

ޕްރައިވެޓް ކުންފުނިތަކުން މަސް ގަންނަ އަގު އުފުލާފައިވަނީ، މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވީނަމަވެސް، އެންވެރިކަން ދަށްވުމުގެ ސަބަބުން މަސް ބޭނޭ މިންވަރު ދަށްވެ، ކުންފުނިތަކަށް ބޭނުންވާ ސްޓޮކް ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0