އެޗްޑީސީގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން ޔޫސުފް ވަހީދު މިއަދު ވަކިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
ޕީސީބީން ވިދާޅުވީ، އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން މިއަދުން ފެށިގެން ޔޫސުފް ވަހީދު ވަކިކޮށްފައިވާ ކަމަށެވެ. ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑު މެންބަރެއްގެ މަގާމަށް އައްޔަނު ކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާއިރު، ޑިސެމްބަރު 2024 ގައި އެޗްޑީސީގެ ބޯޑާ ގުޅޭގޮތުން ހިންގި ތަހުގީގަކާ ގުޅިގެން، ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ޔޫސުފް ވަހީދު ހިމެނޭހެން ބޯޑުގެ ހުރިހާ މެންބަރުން ވަގުތީގޮތުން ސަސްޕެންޑް ކުރެވުނެވެ. ނަމަވެސް، އޭގެ ހަތަރު ދުވަސް ފަހުން ޕީސީބީން ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ.






ރިއެކްޓް