ސިޔާސީ , ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ޗެއަރޕާސަނަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ހަސަން ލަތީފް

16 މޭ 2026 - 20:13
 1
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ޗެއަރޕާސަނަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ހަސަން ލަތީފް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އެ ޕާޓީގެ ޗެއަރޕާސަނަށް އެއްވެސް ނުފޫޒެއް ފޯރުވޭނެ ނުވަތަ އެ ބޭފުޅެއްގެ ބައިވެރިވުމެއް އޮވެގެން ހިންގާ އިންތިޚާބެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ޕްރައިމަރީއަކީ ގައުމީ މަޖިލީހުން ހޮވާ ފަސް މެންބަރުންގެ ކޮމިޓީއަކުން އިންތިޒާމުކޮށް ބަލަހައްޓާ އިންތިޚާބެއް ކަމަށެވެ.

"އެ އިންތިޚާބަކީ ޗެއަރޕާސަނަށް އެއްވެސް ނުފޫޒެއް ފޯރުވޭނެ އަދި އޭނާގެ ބައިވެރިވުމެއް އޮވެގެން ހިންގާ އިންތިޚާބެއް ނޫން،" ހަސަން ލަތީފް ވިދާޅުވިއެވެ.

މިކަން ސާފުކޮށްދެއްވީ މިކަމާ ގުޅޭގޮތުން އަސާސީ ގަވާއިދުގައި އޮތްގޮތް އޮޅުންފިލުވުމަށް ޕާޓީގެ ގިނަ މެންބަރުންތަކެއް ގުޅަމުންދާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަސަން ލަތީފަކީ 2019 އިން 2024 އަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައި ވާއިރު މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0