މުޢިއްޒު ކުރައްވަނީ ޚުދުމުހުތާރު ވެރިކަމެއް، މިހާރު ފުދިއްޖެ: ރައީސް ޔާމީން
ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވަނީ ހުރިހާ ބާރުތަކެއް އަތްމައްޗަށް ލައިގެން ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިހާރު ފުދިއްޖެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ރައީސް މުޢިއްޒަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރާއި ދެކޮޅަށް ތިން ރައީސުން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކުރެއްވުމަށް ރައީސް ނަޝީދާއި ރައީސް ޔާމީން އަދި ރައީސް ސޯލިހު މިރޭ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ "އިނަފް އިޒްް އިނަފް" ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރައީސް މުޢިއްޒާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މި ރޭގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު ތިން ރައީސުން ނުކުމެވަޑައިގަތީ އެކުއެކީގައެވެ.






ރިއެކްޓް