އަޅުގަނޑާއި ސާޖިދާއާ ދުރުކުރުވަން ބައެއް ފަރާތްތަކުން ބޭނުންވޭ: ރައީސް މުއިއްޒު
އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދުރުކުރުވަން ބައެއް ފަރާތްތަކުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިވަގުތު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޔޫކޭއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެކަމަނާގެ ދަރިފުޅު ކައިރިއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިއީ މީގެ ދޮޅު މަސް ކުރިން ރޭވިފައިވާ ދަތުރުފުޅެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅާ ގުޅުވައިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ދުރުވީ ކަމަށް ދޭހަވާ ގޮތަށް ބައެއް މީހުން ވާހަކަ ފަތުރަމުންދާ ކަމަށެވެ. "އަޅުގަނޑާއި ސާޖިދާއާ ދުރުކުރުވަން ބައެއް ބޭފުޅުން ބޭނުންވޭ" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، މިފަދަ ޒާތީ ކަންކަމާ ގުޅުވައިގެން ދޮގު ޚަބަރު ފެތުރުމަކީ ބައެއް ފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށާއި، ނަމަވެސް ހަގީގަތަކީ އެއީ އާއިލީ ޒިންމާއެއް އަދާކުރުމަށް ކުރިން ރޭވިފައިވާ ދަތުރެއް ކަމަށެވެ






ރިއެކްޓް