ޚަބަރު

ހައްޖުގެ އަޅުކަމަށް ފުރާ ފުރަތަމަ ގުރޫޕު ރާއްޖެއިން ފުރައިފި

15 މޭ 2026 - 17:15
ހައްޖުގެ އަޅުކަމަށް ފުރާ ފުރަތަމަ ގުރޫޕު ރާއްޖެއިން ފުރައިފި

މިއަހަރުގެ ހައްޖުގެ މުގައްދަސް އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފުރަތަމަ ގުރޫޕު މިއަދު ފުރައިފިއެވެ. މިއަހަރުގެ ހައްޖުގެ ދަތުރުތަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވެފައިވަނީ ވަރަށް ފުރިހަމަ ތައްޔާރީތަކެއް ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މިފަހަރުގެ ހައްޖު ދަތުރުގައި ހައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އިމިގްރޭޝަންގެ ހުރިހާ ޕްރޮސެސްއެއް ރާއްޖެއިން ވަނީ ނިންމާލާފައެވެ. މީގެ ސަބަބުން ސައުދީ އަރަބިއްޔާގެ އެއާޕޯޓުގައި ހައްޖާޖީން މަޑުކުރަން ނުޖެހި، އަވަހަށް މައްކާއަށް ދިއުމުގެ މަގު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ހައްޖާޖީންގެ ފޮށިތައް އުފުލުމުގައި ވެސް ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެގޮތުން ހާއްސަ ޓެގެއް ބޭނުންކޮށްގެން ހައްޖާޖީންގެ ފޮށިތައް، ހައްޖާޖީންނާއި އެކު ސީދާ ހޮޓަލަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުވެސް ހައްޖާޖީންނަށް ޓްރެއިން ނުވަތަ ރޭލުގެ ހިދުމަތް ލިބިގެންދާނެއެވެ. މީގެ ސަބަބުން ސައުދީގެ އެތެރޭގެ ދަތުރުތަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ހައްޖާޖީންގެ ސިއްހީ ކަންކަމަށް ބަލާއިރު، ދިވެހި ޑޮކްޓަރުންގެ ހިދުމަތް މުޅި ދަތުރުގައި ލިބެން ހުންނާނެއެވެ. އަދި ކެއިންބުއިމުގެ ކަންކަމުގައި ހައްޖާޖީންނަށް ދިވެހި ރަހަތަކާއި ދިވެހި ކާނާ ލިބޭނެ އިންތިޒާމް ވެސް ވަނީ ފުރިހަމައަށް ހަމަޖައްސާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0