ޚަބަރު

ހއ އާއި ތ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފި

15 މޭ 2026 - 14:17
ހއ އާއި ތ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް މޫސުމަށް ސަމާލުވުމަށް އެދި ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދަށް ގަޑިއަކު 14 މޭލާއި 19 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް އިސްކަންދިނުމަށް ވަނީ އެދިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0