ސިޔާސީ , ޚަބަރު

މުޒާހަރާއިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ދެ މީހަކު އަލުން ހައްޔަރުކޮށްފި

15 މޭ 2026 - 14:03
މުޒާހަރާއިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ދެ މީހަކު އަލުން ހައްޔަރުކޮށްފި

ޖަލަށް ލާފައިވާ ނޫސްވެރިންނާއި ބަންދުކޮށްފައި ތިބި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލައި ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލި މުހައްމަދު ޝާމިން އާއި އަލީ މުޝައްރަފު ރޭ ދަންވަރު އަލުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި ދެ މީހުންނަކީ ވެސް މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ އިސް ސަފުން ފެންނަ ދެ މީހުންނެވެ.

ފުލުހުން މި ދެ މީހުންނަށް ކުރަނީ "ފުލުހަކަށް ހަމަލާ ދިން ކަމުގެ" ތުހުމަތެވެ. ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އާދަޔާ ހިލާފަށް ގިނަ ފުލުހުން ފޮނުވާފައިވާ އިރު، މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ބިރު ދައްކާފައެވެ.

މާލޭގައި މުޒާހަރާ ކުރުމުގެ ހައްގު އެންމެ ފުޅާކޮށް ދިނުމަށް ގާނޫނު ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އަދި އެކަން ސަރުކާރުގެ މެނިފެސްޓޯ އާއި ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމަނާފައިވެއެވެ. ނަމަވެސް، މިހާރު މުޒާހަރާ ކުރާ ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުގެ އަމަލުތައް ހުރީ އެ ވައުދާ ސީދާ ހިލާފަށް ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0