ސިޔާސީ , ޚަބަރު

މީކާއިލްގެ 'އިތުބާރު' މެނިފެސްޓޯ އިފްތިތާހުކޮށްފި

15 މޭ 2026 - 13:41
މީކާއިލްގެ 'އިތުބާރު' މެނިފެސްޓޯ އިފްތިތާހުކޮށްފި
ފޮޓޯ: މީކާއީލް، އެކްސް

މީކާއިލް ނަސީމްގެ ފަރާތުން ކުރިއަށް އޮތް އިންތިޚާބަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ޚާއްސަ މެނިފެސްޓޯ 'އިތުބާރު'  އާންމުކޮށްފިއެވެ.

މި މެނިފެސްޓޯ ބިނާކޮށްފައިވަނީ ޕާޓީގެ ކުރިމަގާއި ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާނެ މުހިންމު އަސާސްތަކެއްގެ މައްޗަށެވެ.

މި މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވަނީ ޕާޓީއަކީ ބާރުވެރި ޕާޓީއަކަށް ހެދުމަށެވެ. މީގެ އިތުރުން މެންބަރުންގެ ބައިވެރިވުން އިތުރުކޮށް، ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ދައުރެއް އަދާކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

އިގްތިސާދީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ޕާޓީއަކީ ފުދުންތެރި ޕާޓީއަކަށް ހެދުމަކީވެސް 'އިތުބާރު' މެނިފެސްޓޯގެ މުހިންމު ބައެކެވެ. މީގެ ސަބަބުން އެހެން ފަރާތްތަކަށް ބަރާސާނުވެ، މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ގޮތުން، ޕާޓީގެ ހިންގުން ހަރުދަނާކޮށް ހިންގުންތެރި ޕާޓީއެއްގެ ގޮތުގައި ފާހަގަވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. މީގެ ތެރޭގައި އިދާރީ އޮނިގަނޑު އިސްލާހުކުރުމާއި، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުން ހިމެނެއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، މީކާއިލްގެ މެނިފެސްޓޯގައި ބާރުއަޅާފައިވަނީ ލާމަރުކަޒީ ޕާޓީއެއް ބިނާކުރުމަށެވެ. މިއީ ޕާޓީގެ ނިންމުންތަކުގައި ހުރިހާ ގޮފިތަކެއްގެ ބައިވެރިވުން އިތުރުކޮށް، ބާރުތައް ދޫކޮށްލުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1