މި ޕާޓީގެ ’ޔުނިޓީ‘ ކެންޑިޑޭޓަކީ އަޅުގަނޑު: މީކާއީލް
ޕާޓީގެ އެތެރޭގެ ތަޅާފޮޅުންތަކުގައި ތިބެވެން ނެތް ކަމަށާއި، ޕާޓީ އެކަތިގަނޑަކަށް ހަދާނެ "ޔުނިޓީ ކެންޑިޑޭޓަކީ" އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއީލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު" ކެމްޕެއިން މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައެވެ.
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އެތެރޭގެ ތަޅާފޮޅުމުގައި ތިބެވޭވަރަށްވުރެ ގައުމުގެ ހާލަތު މިއަދު އޮތީ މާ ގޯސްކޮށް ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ފާހަގަކުރައްވައި، މި ހާލަތުން އަރައިގަތުމަށް ޕާޓީގެ އެއްބައިވަންތަކަން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއީލްގެ މައިގަނޑު އަމާޒަކީ ޕާޓީއަށް ކުރިމަގު ހޯދައިދިނުން ކަމަށް ވިދާޅުވަމުން އޭނާ ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
"ޕާޓީއަށް 2028 ކާމިޔާބު ކޮށްދޭނަން،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އޭނާ ނުކުމެ ހުރީ ޕާޓީގެ އެންމެހައި މެންބަރުންގެ އިތުބާރު ހޯދައި، އެންމެން ގުޅިގެން މަސައްކަތްކުރާނެ މާހައުލެއް ގާއިމުކުރުމަށެވެ. އަދި އޭނާގެ މެނިފެސްޓޯއަކީ ޕާޓީގެ ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށްވެސް ވިދާޅުވިއެވެ.






ރިއެކްޓް