ތިން ރައީސުންގެ ބައްދަލުވުން މާދަމާ ބާއްވަނީ
ރައީސް މުޢިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީ އަށް ގޮންޖަހައި އެތައް ބައެއްގެ ހައްގުތަކަށް އަރައިގަންނަމުންދާތީ ޤައުމު އަލުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ މަސައްކަތަށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އިބޫ، ރައީސް ޔާމީން އަދި ރައީސް ނަޝީދު އެއްމޭޒެއްގައި މަޝްވަރާކުރުމަށް މާދަމާ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ބައްދަލުވުން މާދަމާ އޮންނާނެ ކަމަށް މަޢުލޫމާތު ދެއްވާފައިވަނީ ރައީސް ޔާމީންގެ ޕީއެންއެފްގެ މީޑިއާ ގްރޫޕުގައެވެ.
މި ބައްދަލުވުން އޮންނާނެ ތަނަކާއި ވަގުތު ފަހުން ހާމަކުރާނެ ކަމަށްވެސް އެފާޓީން ބުނެފައިވެއެވެ.
ރާއްޖޭގެ ނޫހަކަށް މަޢުލޫމާތުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ދެ ރައީސުންނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ޤައުމު ސަލާމަތްކުރުމަށް އިދިކޮޅު ލީޑަރުންގެ ކޯލިޝަންއަކަށް ގޮވާލެއްވީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްް އެވެ.






ރިއެކްޓް