ސިޔާސީ

ނާޒިމްއާއި ގުޅުން އޮންނަ 10 އެމްޕީއަކަށް އިންޓެލިޖެންސުން ފާރަލަނީ

14 މޭ 2026 - 16:54
 1
ނާޒިމްއާއި ގުޅުން އޮންނަ 10 އެމްޕީއަކަށް އިންޓެލިޖެންސުން ފާރަލަނީ

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަކިކުރުމުގެ ފަހުގެ ތައްޔާރީތައް  އެމަނިކުފާނު ނިސްބަތްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން މިހާރު ނިންމާފައިވާއިރު ނާޒިމްއާއި ގުޅުން އޮންނަ އިތުރު 10 މަޖިލިސް މެންބަރުންގެ ހަރަކާތްތަކަށް ފުލުހުންގެ އިންޓެލިޖެންސުން ފާރަލަމުންދާކަމަށް "ވިރާސީ" އަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޕީއެންސީގެ ސެނެޓުގައި އަދި ޕީޖީ ގްރޫޕުގައިވެސް ނުފޫޒު ގަދަ ނާޒިމު ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައިސްކަމުން ވަކިކުރުމަށް ރައީސް މުޢިއްޒު ނިންމެވުމާ ގުޅިގެން އެކަމާ ބައެއް މަޖިލިސް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްްފައިވާކަމާއި ނާޒިމުއާއި ބައިއަތު ހިފައި ޕީޖީ ގްރޫޕު ތެރޭގައި "ބަޣާވާތެއް" ހިންގަފާނެ ކަމުގެ ބިރަކީ މެންބަރުންނަށް ފާރަލުމުގެ ސަބަބެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ނާޒިމުއާއި އެންމެ އަރިސް މެންބަރުންގެ ލިސްޓެއް "ވިރާސީ" އަށް ލިބިފައިވާ އިރު، މި މެންބަރުންނަކީ އިިންޓެލިޖެންސުން ފާރަލާ މެންބަރުން ކަމެއް އަދި މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ. ނަމަވެސް ޕީއެންސީގެ ބައެއް މެންބަރުންތަކެއްގެ ދަތުރުފަތުރުގެ ޝެޑިއުލްްއާއި ފައިސާގެ މުޢާމަލާތްތައް "ގާތުން" ބަލަމުން ދާކަމުގެ މަޢުލޫމާތު "ވިރާސީ" އަށް ވަނީ ލިބިފައެވެ.

މެންބަރު ނާޒިމް އަކީ ޕީއެންސީ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް މެންބަރެވެ. އަދި ނާޒިމް އަކީ ރައީސް މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދަވައި ދިނުމުގެ މަސައްކަތް ރާވައި ހިންގިކަމުގެ ތަޢުރީފު ޕީއެންސީ ތެރޭގައިވެސް ލިބިފައިވާ ސިޔާސީ ސްޓްރެޓެޖިސްޓެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0