އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެ
ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓު ލައިޓް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 2026 މެއި 13 ވަނަ ދުވަހުގެ ރޭ 22:12 އެހައިކަންހާއިރު އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހައިވޭއިން ދަތުރުކުރި ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެންނެވެ.
މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފައެވެ. ނަމަވެސް ނިޔާވި މީހާގެ އުމުރާއި ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ހައިވޭއަކީ އާންމުކޮށް ބާރު ދުވެލީގައި އުޅަނދުތައް ދުއްވާ ސަރަހައްދަކަށް ވުމާއެކު، މިފަދަ ހާދިސާތައް މަދުކުރުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.






ރިއެކްޓް