ރައީސް ނަޝީދާއި ސޯލިހާއި އެކު މަސައްކަތްކުރަން ތައްޔާރު: ރައީސް ޔާމީން
ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ސޯލިހާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހަކަށް މަޢުލޫމާތުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޔާމީންގެ މިނިންމެވުމަކީ ރާއްޖޭގައި އަލުން އަނެއްކާވެސް އިދިކޮޅު ކޯލިޝަނެއް އުފެދިދާނެކަމަށް ބެލެވޭ ނިންމުމެކެވެ. ރައީސް ޔާމީންއާއި ރައީސް ނަޝީދު އަދި ރައީސް ސޯލިހު އެކުގައި މަސައްކަތްކުރެއްވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
މި ކޯލިޝަންއަށްް ފުރަތަމަ ގޮވާލެއްވީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢިލް އެވެ.






ރިއެކްޓް