ސިޔާސީ

ނޫސްވެރިންގެ ދިފާޢުގައި މިރޭ މުޒާހަރާ ކުރަނީ، އަންނި ބައިވެރިވާނެ

13 މޭ 2026 - 15:53
ނޫސްވެރިންގެ ދިފާޢުގައި މިރޭ މުޒާހަރާ ކުރަނީ، އަންނި ބައިވެރިވާނެ

ނޫސްވެރިން ހައްޔަރުކޮށް ޖަލަށް ލުމާއި ދެކޮޅަށް މިރޭ ކުރާ އިހުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ "ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް ކުރާ އިހުތިޖާޖަށް މިރޭ އެންމެ ބޭފުޅުން ނުކުމެވަޑައިގަތުން އެދެން. އަޅުގަނޑުވެސް ހުންނާނަން" މިފަދައިންނެވެ.

ރައީސް މުޢިއްޒާއި ސުވާލެއް ކޮށްގެން "އަދަދުު" ނޫހުގެ ޝަހުޒާން އަދި އާޓިކަލްއެއް ލިޔެގެން ހަމަ އެ ނޫހުގެ ނޫސްވެރިއެއްކަމަށްވާ ލީވާން މިހާރު ވަނީ ޖަލަށް ލާފައެވެ. ޝަހުޒާން 15 ދުވަހަށް ޖަލަށް ލާފައިވާއިރު ލީވާން ލާފައިވަނީ 10 ދުވަހަށެވެ.

މި ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ "އަނގަބަންދުކުރުމުގެ" އަމުރަކާއި ޚިލާފުވީކަމަށް ބުނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިރޭގެ އިހުތިޖާޖު އޮންނާނީ ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0