ސިޔާސީ

ރައީސް ނުކުރައްވާ އިތުބާރެއް އަޅުގަނޑުމެން ކިހިނެތްތޯ ނާޒިމްއަށް ކުރާނީ: ޕީއެންސީ މަޖިލިސް މެންބަރެއް

13 މޭ 2026 - 14:01
ރައީސް ނުކުރައްވާ އިތުބާރެއް އަޅުގަނޑުމެން ކިހިނެތްތޯ ނާޒިމްއަށް ކުރާނީ: ޕީއެންސީ މަޖިލިސް މެންބަރެއް
ޕީއެންސީ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަހުމަދު ނާޒިމުއަށް ރައީސް މުޢިއްޒު އިތުބާރު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކު ވިދާޅުވެެއްޖެއެވެ.

ރައީސްއާއި އަރިސް މެންބަރަކު "ނަންހާމަ ނުކުރަން" ޝަރުތުކުރައްވައި "ވިރާސީ" އަށް ވިދާޅުވީ "ރައީސް ނާޒިމުއަށް އިތުބާރު ނުކުރައްވާ ކަމަށާއި ރައީސް އިތުބާރު ނުކުރައްވާ މީހަކަށް މެންބަރުން އިތުބާރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މެންބަރު އިތުރަށް ވިދާޅުވީ ނާޒިމުއަކީ އަބަދުވެސ އަމިއްލަ އެޖެންޑާއެއް ގެންގުޅުއްވާ މެންބަރެއް ކަމަށާއި ޕާޓީގެ މަސަލަހަތަށްވުރެ އަމިއްލަ މަސްލަހަތު އަބަދުވެސް ނާޒިމު އިސްކުރައްވާ ކަމަށެވެ.

މެންބަރު މިފަދައިން ވިދާޅުވިޔަސް ނާޒިމު ފާހަގަކުރެވިފައިވަނީ ރައީސް މުޢިއްޒަށް ވެރިކަން ހޯދައިދިނުމަށް އެންމެ ގަދައަޅައި މަސައްްކަތް ކުރެއްވި އެއް ލީޑަރުގެ ގޮތުގައެވެ. ޕީއެންސީގެ ޓިކެޓު ރައީސް މުޢިއްޒަށް ހޯދައިދިނުމަށް ނާޒިމު ކުރެއްވި މަސައްކަތްތަކަށް ޚުދު ޕީއެންސީގެ ސެނެޓުގެ މެންބަރުންވެސް ހެކިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0