އިދިކޮޅު ލީޑަރުންގެ ކޯލިޝަންއަކަށް ފައްޔާޒް ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ޤައުމު ސަލާމަތްކުރުމަށް އިދިކޮޅު ލީޑަރުންގެ ކޯލިޝަންއަކަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ގޮވާލައްްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، މުޅި ދައުލަތް ހިސޯރުކޮށްގެން ހުންނެވި މ. ދިމްޔާތު މުހައްމަދު މުއިއްޒު ހުންނެވީ މަގާމާ ހަވާލުވުމަށް ކުރެއްވި ހުވަޔާ ހިލާފުވެފައި ކަމަށެވެ. އަދި މި ހާލަތުގައި ތަފާތު ވިސްނުންތައް އެއްފަރާތްކޮށް، ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ހުންނެވީ އެމަނިކުފާނު ކުރެއްވި ރިޔާސީ ހުވަޔާ ހިލާފުވެ، ބުއްދި ފިލައި ގޮސްފައި ކަމަށް ފައޔާޒ ފާހަގަކުރެއްވިއެވެ.
ފައްޔާޒް ގެ ޕޯސްޓުގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އެކުގައި ނުކުމެވަޑައިގަތުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް،" ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް ފައްޔާޒް ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭނާގެ މި ވާހަކަތަކުން ދޭހަވަނީ ގައުމުގެ މިނިވަން މުއައްސަސާތަކުން މި ދަނޑިވަޅުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެވެ.






ރިއެކްޓް