އިންޑިއާ ސްވެޕްގެ 30 ހާސް ކްރޯ ރުޕީސް ޑޮލަރަށް ބަދަލުކޮށްފި
އިންޑިއާއިން ރާއްޖެއާއެކު ވެފައިވާ ކަރެންސީ ސްވެޕް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދިން 319 މިލިއަން ޑޮލަރަށްވާ އިންޑިއަން ރުޕީސް، ތިންވަނަ ފަރާތެއް މެދުވެރިކޮށް ޑޮލަރަށް ބަދަލުކޮށްފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، މި ފައިސާ ޑޮލަރަށް ބަދަލުކޮށްފައިވަނީ އެމެރިކާއަށް ނިސްބަތްވާ ޕްރައިވެޓް ފަރާތެއް މެދުވެރިކޮށްގެންނެވެ.
މި ފައިސާ ޑޮލަރަށް މާރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ގިނަ ފަރާތްތަކެއްގައި އެދިފަ އެވެ. ނަމަވެސް އެ ފަރާތްތަކުން އެކަމާއި ދެކޮޅު ހެދުމުން އެމެރިކާގެ ފައިނޭންސަރަކު މި ފައިސާ މާރުކޮށްދީފައިވަނީ ވަރަށް ބޮޑު ރޭޓެއްގައި ކަމަށް މައުލޫމާުތު ލިބެއެވެ.
މި ފައިސާ މާރުކުރުމަށް އިންޑިއާގެ ފޮރިން އެކްސްޗޭންޖް މެނޭޖްމެންޓް އެކްޓްގެ ދަށުން ޖާގަ ލިބޭތޯ އެ ފަރާތުން ސުވާލު އުފެއްދުމުން، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި ޓްރާންސެކްޝަން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭއިން ވަނީ ގާނޫނީ ލަފާވެސް ދީފަ އެވެ.
މި ކަރެންސީ ސްވެޕަކީ އިންޑިއާއަށް ރާއްޖެއިން ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ދެއްކޭނެ ފަދައެއް ނެތުމުން، އެ ފައިސާ ދެއްކުމަށް މަގުފަހިކުރުމަށް އިންޑިއާއިން އަލުން ދިން 319 މިލިއަން ޑޮލަރަށްވާ އިންޑިއަން ރުޕީސް އެވެ.






ރިއެކްޓް