ސިޔާސީ , ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނަޑެއްލާ ޕީއެންސީ އެކްޓިވިސްޓެއް ހައްޔަރުކޮށް ޖަގަހަ ރެއިޑް ކުރަނީ

5 މޭ 2026 - 16:52
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނަޑެއްލާ ޕީއެންސީ އެކްޓިވިސްޓެއް ހައްޔަރުކޮށް ޖަގަހަ ރެއިޑް ކުރަނީ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ވެރިކަން ކުރާ ޕީއެންސީގެ އެކްޓިވިސްޓަކު ހައްޔަރުކޮށް، ގދ. ނަޑެއްލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ ފުލުހުން ރެއިޑް ކުރަން ފަށައިފިއެވެ.

"ވިރާސީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ހައްޔަރު ކޮށްފައިވަނީ ގދ. ނަޑެއްލާގެ ޕީއެންސީ އެކްޓިވިސްޓު އަދި އެ ރަށުގެ ސްޕޯޓްސް ޑިރެކްޓަރ އަހުމަދު ޒާހިމްއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު އަންނަނީ އެ ރަށުގައި ހުންނަ ޕީއެންސީގެ ޖަގަހަ ބަލައި ފާސްކުރަމުންނެވެ. މި އޮޕަރޭޝަން ހިންގަމުންދަނީ މަސްތުވާތަކެތީގެ ބޮޑު މުއާމަލާތަކާ ގުޅިގެން ކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޖަގަހަ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0