ސިޔާސީ , ޚަބަރު

ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

2 މޭ 2026 - 10:37
ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަނުކޮށްފި

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަގާމަށް އުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހަމަޖައްސަވައިފިއެވެ.

އެ ޕާޓީން ރޭ ވަނީ ފިރުޒުލް އެ މަގާމަށް ހަމަޖެއްސެވިކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

ޕީއެންސީން ބުނި ގޮތުގައި އެ ޕާޓީގެ ތަރުޖަމާނުގެ ގޮތުގައި ދެން މަސައްކަތް ކުރައްވާނީ އުސްތާޛު މުޙައްމަދު ފިރުޒުލްއެވެ. މި އައްޔަނުކުރުމާ ގުޅިގެން ޕާޓީގެ ހުރިހާ މެންބަރުންގެ ނަމުގައި ފިރުޒުލްއަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.

ފިރުޒުލް މިހާރު ވެސް ގެންދަވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވަމުންނެވެ. އޭނާއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ތަރުޖަމާނުގެ ގޮތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް ކޮންގްރެސް ޕާޓީގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ފިރުޒުލްއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0